05. ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް ”ދިވެހީންނަށް ޚާއްޞަ“ މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުމާ ގުޅޭ.
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ޖަލްސާ ބޭއްވުނު ތާރީޚު
24 ޑިސެމްބަރު 2023
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް ”ދިވެހީންނަށް ޚާއްޞަ“ މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުމުގެ ސިޔާސަތުގެ ދަށުން، ތިރީގައިވާ ކަންކަން ކުރެއްވުން.
މި ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކުން މަސައްކަތް ކުރުމަށާއި،
100% ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުންނަކީ ދިވެހިން ކަމުގައި ހަމަޖެއްސުމަށް ޓައިމްލައިނެއް ހަދައި، އިކޮނޮމިކް ކައުންސިލްގެ ދިރާސާއާއި މަޝްވަރާއާއެކު އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުން
އޮޑިދޯނިފަހަރުބަނުން ނުވަތަ މާވަޑާމުގެ ދާއިރާއިން ސަރުކާރުން އިޢުލާނުކުރާ ހުރިހާ މަޝްރޫޢުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދޭންވާނީ ދިވެހި ކުންފުނިތަކަށް ކަމަށް ކަނޑައެޅުން.
މި ސިޔާސަތު އެކަށައަޅާދުވަހުން ފެށިގެން، ދިވެހިންނަށް ޚާއްޞަ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅުއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުށަހަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ "ބަޓްލަރުން" ފިޔަވައި ތިރީގައި މިދަންނަވާ ދާއިރާތަކަށް
(އެ ދާއިރާއަކަށް ކަނޑައަޅާފައިވާ މުއްދަތުގެ ފަހުން) ބިދޭސީ މަސައްކަތްތެރީންނަށް، ވާކްވިސާ/ކޯޓާ ދޫނުކުރުމާއި، މިހާރު ދޫކޮށްފައިވާ ކޯޓާތައް ރިނިއު ނުކުރާ ގޮތަށް، ގަވާއިދު ނަންބަރު 2023/R-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު) އިޞްލާޙު ކުރެއްވުން.
- ހެއަރ ޑްރެސަރ، ބިއުޓީޝަން، ބޭބީ ސިޓަރ، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން، ގެސްޓް ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް
- ހެއަރ ޑްރެސަރ، ބިއުޓީޝަން، ބޭބީ ސިޓަރ، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން، ގެސްޓް ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.