06. ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން، ޤައުމީ ފެންވަރުގައި ”ހަމަހަމަކަން ކަށަވަރު“ ނިޝާން ތަޢާރުފުކުރުމާ ގުޅޭ.

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ޖަލްސާ ބޭއްވުނު ތާރީޚު

24 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން އަމިއްލައަށް އެ އިދާރާއެއްގެ މަސައްކަތުގެ ތެރެއިން މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރެވިފައިވާ އަދި ކުރަންޖެހޭ ކަންކަން ދެނެގަނެ، އަމިއްލައަށް އިސްނަގައިގެން މި މަސައްކަތް ކުރުމަށް ބާރުއެޅުމަށާއި، މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތް ވަޒަންކުރުމަށްޓަކައި މިންގަނޑުތަކެއް ކަނޑައެޅުމުގެ ގޮތުން "ހަމަހަމަކަން ކަށަވަރު ނިޝާން" ނުވަތަ "ޖެންޑަރ އިކުއަލިޓީ ސީލް"ގެ ނަމުގައި ޤައުމީ ފެންވަރުގައި ނިޒާމެއް ތަޢާރުފުކުރެއްވުން. އަދި މި ނިޒާމު ތަންފީޒުކުރުމާ ގުޅޭ ކަންކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އެކުލަވައިލައްވާފައިވާ، "ހަމަހަމަކަން ކަށަވަރު ނިޝާން" ދިނުމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅާ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދެވުން.