07. ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި ’ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް‘ ބޯޑެއް ތަޢާރުފުކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ޖަލްސާ ބޭއްވުނު ތާރީޚު

24 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

- ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި 15 މެންބަރުން ހިމެނޭގޮތަށް ’ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް ބޯޑު‘ ގެ ނަމުގައި ބޯޑެއް އެކުލަވައިލެއްވުން. އަދި މި ބޯޑު އެކުލަވައިލައި ހިންގުމުގެ ކަންކަން ތިރީގައިވާގޮތަށް ކުރިއަށް ގެންދެވުން.
ތިރީގައިމިވާ ދާއިރާތަކުން ބޭފުޅުން ހިމެނޭގޮތަށް މި ބޯޑު އެކުލަވައިލުން.
. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުން (2 މެންބަރުން)
. ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ކައުންސިލްގެ ރައީސުން (3 މެންބަރުން)
. ޤައުމީ ލެވެލްގެ އެތުލީޓުންގެ ތެރެއިން ހޮވޭ މެންބަރުން (2 މެންބަރުން)
. ޒުވާނުންނަށް ޚިދުމަތްކުރުމުގެ ދާއިރާއިން އެން.ޖީ.އޯ/ސިވިލް ސޮސައިޓީ ތަމްސީލުކުރާ މެންބަރުން (2 މެންބަރުން)
. ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ މެންބަރުން (2 މެންބަރުން)
. މަތީ ސާނަވީ ސްކޫލެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން މި ބޯޑުގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސެވުމުގެ ބަދަލުގައި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ކަނޑައަޅުއްވާ 4 ދާއިރާއަކުން މެންބަރުން (4 މެންބަރުން) ހިމެނުން.
- ބޯޑުގެ ރައީސްއަކީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރުންގެ ތެރެއިން މެންބަރެއް ކަމުގައި ކަނޑައެޅުން.

- ބޯޑު މެންބަރުންގެ ވޯޓުން ހޮވޭ ފަރާތެއް، ބޯޑުގެ ނައިބު ރައީސްކަމުގައި ކަނޑައެޅުން.

- ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާގޮތަށް މަދުވެގެން ތިން މަހުން އެއްފަހަރު ބޯޑުގެ ބައްދަލުވުމެއް ބޭއްވުން.

- މި ބޯޑަށް ޢައްޔަންކުރާ މެންބަރުންގެ ޢުމުރަކީ 18 އަހަރާއި 30 އަހަރާ ދެމެދުކަމަށް ހަމަޖެއްސެވުން. އަދި މިންތީގެ ހަމަހަމަކަން ގާއިމުކުރެވޭނެގޮތަށް، މި ބޯޑަށް މެންބަރުން ޢައްޔަންކުރުން.

- މި ބޯޑުގައި ހިމެނޭ މެންބަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބެޖެއް ތަޢާރުފުކޮށް، ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ލިބޭފަދަ ބައެއް ޢިނާޔަތްތައް (ޖަލްސާތަކާއި، ޤައުމީ މުނާސަބަތުތަކަށް ދަޢުވަތު އެރުވުންފަދަ) ހަމަޖެއްސުން.

- މި ބޯޑުގެ ސެކްރެޓޭރިއެޓް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ބެލެހެއްޓުން.