02. ރާއްޖޭގައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ލިބިގަތުމަށް ހުރި ހުރަސްތަކަށް ޙައްލެއް ހޯދުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ޖަލްސާ ބޭއްވުނު ތާރީޚު
07 ޖަނަވަރީ 2024
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ރާއްޖޭގައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ލިބިގަތުމަށް ހުރި ހުރަސްތަކަށް ޙައްލެއް ހޯދުމަށްޓަކައި ތިރީގައިވާ ކަންކަން ކުރިއަށް ގެންދެވުން.
. ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމުގެ ގޮތުން ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުންކަމަށްވާތީ، ރާއްޖޭގައި އީ-ވޮލެޓްގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްގައި ދަންނަވައިގެން ސަރުކާރުން ބޭނުންވާގޮތަށް ގިނަވެގެން 1 ހަފްތާގެ ތެރޭގައި މި ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުން.
. އީ-ކޮމަރސް ޕްލެޓްފޯމެއްކަމަށްވާ ޕޭޕަލްއަށް އެކްސަސް ހޯދުމާ ގުޅޭގޮތުން އެމެރިކާ ސަރުކާރާ މަޝްވަރާކުރައްވައިގެން މި ޚިދުމަތަށް އެކްސެސް ލިބޭނެގޮތް ހޯއްދެވުން. އަދި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ޕޭޕަލްފަދަ އެހެން ޕްލެޓްފޯމްތަކަށްވެސް އެކްސެސް ހޯދުމުގެ މަސައްކަތް ކުރުން.
. ސައިބަރ ސެކިއުރިޓީގެ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ޚާއްޞަ ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
. ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި ސަރުކާރަށް މިހާރު އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ތިއްބެވި ދެ ޤައުމުކަމުގައިވާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ތުރުކީވިލާތާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ދެ ޤައުމާއެކު މިކަމާ ގުޅޭ އެއްބަސްވުންތައް ހެދުމާއި، ރާއްޖޭގެ ސައިބަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، ކެޕޭސިޓީ ބިލްޑްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.